މައްކާގައި ފޭކު ރަން ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ 10 މީހަކު ހައްޔަރުކޮށްފިއެވެ. އެކްސްގައި ޝާއިއުކުރި ރަސްމީ ބަޔާނެއްގައި ސައުދީ ޕަބްލިކް ސެކިއުރިޓީން ކަށަވަރުކޮށްދީފައިވާ ގޮތުގައި މީހުންނަށް އޮޅުވާލައިގެން 2.8 މިލިއަން ސައުދީ ރިޔާލަ އަށް ވުރެ ގިނަ ފައިސާ މިމީހުން ވަނީ ހޯދާފައެވެ. އަދި މިމީހުން މަކަރު ހެދުމުގެ 31 ހާދިސާ ހިންގިކަމަށް އެއްބަސްވެފައި ވެއެވެ.
މިމީހުން މަކަރު ހަދާގޮތާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ މީހުންގެ އިތުބާރު ހޯދުމަށް ފުރަތަމައަށް މިމީހުން ހުށަހަޅަނީ އަސްލު ރަނެވެ. އެއަށްފަހު، ފޭކް ރަނަށް ބަދަލުކޮށްގެން ވިޔަފާރި މުއާމަލާތް ނިންމާލަނީއެވެ.