އަޤްޞާ ޠޫފާން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފެށިފަހުން، ޒަޔަނިސްޓު ޓެރަރިސްޓު ޔަހޫދުން ޣައްޒާގައި 95 ކުޑަކުދިންނާއެކު، ފަލަސްޠީނުގެ 708 އެތުލީޓުން ޝަހީދު ކޮށްފައިވާ ކަމަށް ފަލަސްތީނުގެ ސްޕޯޓްސް މީޑިއާ އެސޯސިއޭޝަން (ޕީއެސްއެމްއޭ) އިން
ބުނެފި އެވެ. މި ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހުރު ކުލަބުތަކަށް ކުޅުނު ފަލަސްޠީނުގެ ކުޅުންތެރިން ހިމެނެއެވެ.