ބައިނަލްއަގްވާމީ ފެންވަރުގައި ފޭކްވެކްސިންގެ ވިޔަފާރި ކުރުމާއި ފޭކް ބޭސްތައް ވިއްކުން ހުއްޓުވުމަށް އދއަށް ކަނޑައަޅާފައިވާ ޕާކިސްތާންގެ ދާއިމީ މަންދޫބު ގޮވާލައްވައިފިއެވެ. މުނީރް އަކްރަމް ވާހަކަ ދައްކަވާފައި ވަނީ، އދގެ 14 ވަނަ ކްރައިމް ކޮންގްރެސްގައި ނިއުޔޯރކްގައެވެ. އޭނާ ވިދާޅުވީ ދިރިއުޅުމުގެ އެހެން ހުރިހައި ކަމެއްގައިހެން ޖަރިމާތައް ހިންގާ ގްރޫޕުތަކުން ގެންދަނީ ކޮވިޑް 19 ގެ ވެކްސިންގެ ވިޔަފާރި ކުރަމުންނެވެ. އަދި މިކަމަކީ އެޖެންޑާ 30 ހާސިލުކުރުމަށްޓަކައި ފިޔަވަޅު އަޅަން ޖެހިފައިވާ މައްސަލައެއްކަމުގައި އޭނާ ވިދާޅުވިއެވެ.
އެޖެންޑާ30އަކީ، އދގެ އާންމު މަޖިލީހުން 2017ގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ 17 ލަނޑުދަނޑިއެއް ހާސިލުކުރުމަށް އެކުލަވާފައިވާ ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް ގޯލްތަކެވެ.
އިންޓަރޕޯލްއިން މެންބަރު 194 ގައުމަށް ފޮނުވާފައިވާ އިންޒާރުގެ ނޯޓިސްގައި ބުނެފައި ވަނީ ފޭކް ވެކްސިންގެ ރިންގްތައް އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.، އަދި ޗައިނާއިން ހިންގި އޮޕަރޭޝަނެއްގައި 80 މީހަކު ހައްޔަރުކޮށްފައި ވެއެވެ. މިމީހުންގެ ތެރޭން އިސްކޮށް ހުރި "ކޮންގ" ނަމަކަސް ކިޔާ މީހަކު ވަނީ ހައްޔަރު ކުރުމާ ހަމައަށް ފޭކް ވެކްސިން ވިއްކައިގެން 2.78 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ހޯދާފައި ކަމަށް ޓައިމްސް މަޖައްލާއިން ބުނެފައި ވެއެވެ.
އަކުރަމް ވިދާޅުވީ، އެންމެ ފަހުން ބާއްވާފައިވާ ކޮންގްރެސްގެ އިންޓަރނޭޝަނަލް ފައިނޭންޝަލް އެކައުންޓެބިލިޓީ ރިޕޯޓްގެ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. މި ރިޕޯޓަކީ، އިންޓަރނޭޝަނަލް ފައިނޭންޝަލް އެކައުންޓެބިލިޓީ ޓްރާންސްޕެރެންޓީ އެންޑް އިންޓެގްރިޓީ ޕެނަލްއިން އެކުލަވާފައިވާ ރިޕޯޓެކެވެ.
މީގައި ފާހަގަކޯށްފައިވާ ގޮތުން ދުނިޔޭގައި ހަތް ޓްރީލިއަން ޑޮލަރު ސިއްރު އެކައުންޓްތަކުގައި ފޮރުވިފައި ވެއެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ޖީޑީޕީގެ 10 ޕަސެންޓެވެ. އަދި ކޮންމެ އަހަރަކު ދައުލަތުން ވައްކަން ކުރުމުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކަށް 500 އާއި 600 ބލިއަން ޑޮލަރުގެ ގެއްލުންވާކަމަށްވެސް ދައްކައެވެ. އަދި ޖަރީމާތައް ހިންގާ ފަރާތްތަކުން އަހަރަކު 1.6 ޓްރީލިއަން ޑޮލަރު އެކައުންޓްތަކުގައި ފޮރުވައި ހަދައެވެ. އަދި ރިޝްވަތުގެ ގޮތުގައި އަހަރަކު 2 ޓްރީލިއަން ޑޮލަރު ގެއްލިގެން ދެއެވެ.
ޓައިމްސް މަޖައްލާއިން ރިޕޯޓް ކުރާ ގޮތުގައި އިންޓަރޕޯލްއާއި އެފްރިކާގެ ގައުމުތަކުން ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ޗައިނާއިން ވިއްކަމުން ދިޔަ ފޭކް ކޮވިޑް ވެކްސިން ސައުތު އެފްރިކާއަށް ގެންގޮސްފައި ވެއެވެ. އިރުމަތީ ޗައިނާގެ ކޫޝާން އިން ބަޔަކު މީހުން ރާވައިގެން ހިންގާ މި ރިންގްގައި ހިމެނޭ އެކަކު އެފްރިކާއިން ހައްޔަރުކޮށްފައިވާ ކަމަށް ވެއެވެ. ބީބީސީން ބުނެފައިވާ ގޮތުގައި މި ކަމާ ގުޅިގެން ޗައިނާ ފުލުހުން ވަނީ 80 މީހަކު ހައްޔަރުކޮށްފައެވެ.