ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ޓާރްޓޫގައި ހުންނަ ގައުމީ ދާރުލްއާސާރު (އީސްޓީ ރާހްވާ މޫސިއަމް) އަށް ޒިޔާރަތްކުރައްވައިފިއެވެ.

ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދާރުލްއާސާރުގެ ޑިރެކްޓަރ ޑޮކްޓަރ ކޭޓޫ ސަކްސް އެވެ. މިޒިޔާރަތުގައި ރައީސް ވަނީ، އެ ދާރުލްއާސާރުގެ "އެންކައުންޓަރސް" މައުރަޒު ބައްލަވާލައްވާފައެވެ. މައުރަޒު ބައްލަވާލެއްވުމަށްފަހު ރައީސް ވަނީ ދާރުލްއާސާރުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ.

ޓާރްޓޫގައި ހުންނަ ގައުމީ ދާރުލްއާސާރު ހާއްސަކޮށްފައިވަނީ އެ ގައުމުގެ ތާރީހާއި ސަގާފަތާއި އާދަކާދަތައް ދައްކާލުމަށެވެ. އެތަނުގައި ހުރި އެކި މައުރަޒުތަކުން، އެ ހައުމުގެ އެވޭލާ ތާރީހާއި، ޒަމާނީ އިޖުތިމާއީ ކުރިއެރުންތަކާއި، އިޖުތިމާއީ ޝަހުސާއި، ތަރިކަ އަދި ފަންނިންޔާތުގެ ތަރައްގީ ދައްކުވައިދެއެވެ.

ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ރާއްޖާގެ ފަންނިއްޔާތުގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.