ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑު ކުރުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގަައެވެ.
އެގޮތުން އެެމްޓީސީސީން އިތުރަށް ބުނެފައިވަނީ ރަންވޭ އޭޕްރަން ސީ އާއި ޑީ، އަދި ޓެކްސީވޭ ސީ އާއި ޑީ ގެ ތާރު އެޅުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ.
ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި ޕްރޮޖެކްޓަކީ ޕްރިމިއާ ގްލޯބަލް އޭވިއޭޝަން ހަބެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.