އިންޑިޔާގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާނަށް މީހަކު ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ހާލު ސީރިއަސްވެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

އިންޑިޔާގެ އިތުބާރު ހުރި ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައިފުގެ މައިބަދަ ކައިރަށްވެސް ވަނީ ވަޅި ޖަހައިފައެވެ. ޖުމްލަ 6 ތަނަކަށް ވަޅީގެ ހަމަލާ އަމާޒުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައިފަށް ވަޅިން ހަމަލާދިން މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވާއިރު، ރިޕޯޓުތައް ބުނާ ގޮތުން ސައިފަށް ހަމަލާ ދިނީ އޭނާ ދިިރިއުޅޭ އެޕާޓްމަންޓުގައި ހުއްޓައި ރޭ ދަންވަރު ވަގުތެއްގައެވެ. ފުލުހުން މީޑިޔާތަކަށް ވިދާޅުވީ ސައިފަށް ހަމަލާދިން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންްދާ ކަމަށެވެ.