ބޭނުންވާ ތަކެތި

4 މޭޒުމަތީ ސަމްސާ ތެޔޮ

500ގްރާމް ބޯންލެސް ޗިކަން (ލޮނު އަދި އަސޭމިރުސްކޮޅެއް ލައިގެން މަޑުކޮށް އަދި ކުދިކޮށް ކޮށާފައި)

2 ޖޯޑް ބާސްމަތީ ހަނޑޫ

2/1 ޖޯޑް ކެރެޓް (ކުދިކޮށް ކޮށާފައި )

2/1 ޖޯޑް ގްރީން ޕީސް

2 ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)

1 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

2 ކުކުޅު ބިސް

2/1 ސައިސަމްސާ ތެޅި އަސޭމިރުސް

2ސައިސަމްސާ ސޯޔާ ސޯސް

2 ޖޯޑް ކުކުޅު ސުރުވާ (މެގީ)

1 ސްޕްރިންގ އަނިއަން

ތައްޔާރު ކުރާނޭގޮތް

ތެއްޔަށް ތެޔޮކޮޅު އެޅުމަށްފަހު އުދުނަށް އުއްދަވާ، ހޫނުވުމުން ހަނޑޫކޮޅު އަޅުއްވައިގެން 7މިނެޓް ވަންދެން މެދު ގިނީގައި ފްރައި ކުރައްވާށެވެ. ދެން ހަނޑުކޮޅު ރައީސް ކުކަރއަށް އެޅުއްވުމަށްފަހު އޭގެތެރެއަށް ކުކުޅު ސުރުވާ އަޅުއްވައިގެން، ބަތް ކައްކަވާށެވެ. ވަކިން ތެއްޔަކަށް ކުޑަ ތެޔޮކޮޅެއްއަޅުއްވާ ފިޔާ އަދި ތަރުކާރީ، މިރުސް އަޅުއްވައިގެން 5މިނެޓް ފަރައި ކުރައްވާށެވެ. އޭގެތެރެއަށް 2 ބިސް އަދި މަޑުކޮށްފައި ހުރި ކުކުޅު ކޮޅު، އަސޭމިރުންސް އަދި ސޯޔާ ސޯސްކޮޅު އަޅުއްވާ ރަގަޅަށް އެއްވުމުން ލޮނުރަހަ ހެޔޮވަރު ކުރައްވާށެވެ. ކެއްކި ބަތް އެތި ތަވަޔަކަށް އަޅުއްވާ އަލުން އުދުން މައްޗަށް އުއްދަވާ، ހެދި ތަރުކާރީކޮޅު ބަތްކޮޅާ އެއްކުރެއްވުމަށްފަހު 5މިނެޓް ވަންދެން ފްރައި ކުރައްވާށެވެ. އަދި ސާރވް ކުރައްވާއިރު ސްޕްރިންގ އަނިއަން ކުދިކޮށް ކޮށާފައި ބަތްތަށި މައްޗަށް ބުރުއްސާލައްވާސެވެ.

ފަރައިޑް ރައީސް ހައްދަވާއިރު އެބޭފުޅަކު ބޭނުންފުޅުވާ ތަރުކާރިއެއް އެޅުއްވި ދާނެއެވެ. އަދި ކުޅި ކުރަން ބޭނުންފުޅުނަމަ ގިތިޔޮ މިރުސްކޮޅެއް ބޭނުން ކުރެއްވިދާނެއެވެ.