ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ވަނީ އެ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލި ކަމުގެ އެންގުމެއް ނެރުއްވާފަ އެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ފުވައްމުލައް ގެނައިފަހުން 50 އަށް ވުރެ ގިނަ ކޮވިޑްގެ ކޭސްތައް އެ ސިޓީން ފެނުނެވެ. އެ ސިޓީން ޖުމްލަ ތިން ކްލަސްޓާއެއް ފެނިފައިވެ އެވެ.

އެންމެ ފުރަތަމަ އެ ސިޓީން ޕޮޒިޓިވްވީ ދުބާއީ އިން އައި މީހެކެވެ. ދެން އޭނައާ ކޮންޓްކެކްޓްވި ގިނަ ބަޔަކު ޕޮޒިޓިވްވި އެވެ.

މޮނިޓަރިންގެ ހާލަތު އުވާލިޔަސް އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް އަމަލުކުރުން މަތީ ދެމިތިބުމަށް އެ ސިޓީގެ ރައްޔިތުންނަށް ހޮސްޕިޓަލުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.