ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް އާއިޝަތު ޝަހުމާ، ޏ. ފުވައްމުލައް/ މިސްކިތްމަގު.މީޓް، (27އ) ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ޝަހުމާ ހޯދަނީ އެހިދުމަތުގެ ހުޅުމާލެ ފޭސް 1 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އަދި އެނާ މި ތަހުގީގަށް ހާޒިރުކުރެވޭ ހައިސިއްޔަތަކީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެގޮތުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް މިމަހު 21 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.