މިއަދު ކ. މާފުށި ސްކޫލުގެ ޔޫކޭޖީ ދަރިވަރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ މާފުށި ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި އެ ސްކޫލުގެ 33 ދަރިވަރުން ބައިވެރިވިއެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، އަލިފާން ނިއްވުމުގައި ބޭނުންކުރާ އެކިއެކި ވަސީލަތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތު ވެސް ދަރިވަރުންނާ ހިއްސާކުރެވުނެވެ. އަދި މި ތަކެތި ބޭނުންކުރާ ގޮތްތައް ވެސް ދަރިވަރުންނަށް ދައްކާލެވުނެވެ.

މާފުށި ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދެއްވާފައިވަނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، މާފުށި ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.