ދުނިޔޭގެ އެންމެ އުހުގައި ޗައިނާއިން ބިނާ ކުރާ ކޯރު ފެނުން ކަރަންޓު އުފައްދާ ޑޭމަކީ އިންޑިއާއާއި ބަނގްލަދޭޝްއާއި ޕާކިސްތާނާއި ބޫޓާނުގެ ފެނަށް ޖެހިދާނެފަދަ މަޝްރޫއެކެވެ.

ޗައިނާގެ 137 ބިލިއަން ޑޮލަރުގެ ހައިޑްރޯޕަވަރ މަޝްރޫޢާ ބެހޭ ގޮތުން ނާސާއިންވެސް ބުނެފައި ވަނީ މި ޑޭމް ބިނާ ކުރުމަށްފަހު، ދުނިޔެ އޭގެ އޯބިޓުގައި އެނބުރުންވެސް ލަސްވެގެންދާނެ ކަމަށެވެ. އަދި މިއީ ދުނިޔޭގައި އިންސާނުން މިހާތަނަށް ބިނާ ކުރާ އެންމެ ބޮޑު މަޝްރޫއުކަމުގައި ވާނެއެވެ.

ޗައިނާއިން މި ޑޭމް ބިނާ ކުރަނީ، ޓިބެޓުގެ ޔާރލުންގް ޓްސަންގްޕޯ ކޯރުގައެވެ. މިއީ ދުނިޔޭގެ އެންމެ ފުން ވާދީގައި ބިނާ ކުރާ ޑޭމެކެވެ.

ފަރުބަދަ މަތިން ބެހިގެން އަންނަ ފެން، ގާތްގަނޑަކަށް 8،000 މީޓަރު (26،250 ފޫޓު) އަށް ވާދީގެ ތެރެއަށް ވެއްޓެއެވެ. މި ފރނަކީ، ބްރަހަމާޕޫތުރާ ކޯރުގެ ގޮތުގައި އިންޑިއާއަށް ވަންނަ ކޯރަށް ފެން ސަޕްލައި ކޮށްދޭ ކޯރެވެ.

އެތައް ގަރުނުތަކެއް ވަންދެން މި ކޯރަކީ ތިރީ ބިންތަކުގައި ދިރިއުޅޭ އެތައް މިލިއަން ބައެއްގެ ދިރިއުޅުމުގެ މުހިންމު ލޭނާރެވެ.

ނަމަވެސް ޗައިނާއިން ފާސްކުރި 137 ބިލިއަން އެމެރިކާ ޑޮލަރުގެ ހައިޑްރޯޕަވަރ މަޝްރޫއުން ތިރީ ބިންތަކުގައި ދިރިއުޅޭ މީހުންނަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައި ވެއެވެ.

ބެއިޖިން އިން މި މަޝްރޫއު ކުރިއަށް ގެންދަން ފާސްކުރީ މިދިޔަ މަހު އެވެ.

މިއީ މިހާތަނަށް އުފައްދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ތިން ޑޭމް ފަނޑު ކޮށްލާނެފަދަ މާސިންގާ މަޝްރޫއެކެވެ. މި މަޝްރޫޢުން މިހާތަނަށް އެއްވެސް ޑޭމަކުން ކަރަންޓު އުފައްދާފައި ނުވާވަރަށް ކަރަންޓު އުފައްދާނެއެވެ.

ޗައިނާއިން ބުނަނީ މިއީ، މި އިންޖިނިއަރިންގެ މުއުޖިޒާތެއް ކަމަށެވެ.

މުހައްލިލުން އިންޒާރު ދެނީ މި މަޝްރޫއުގެ ސަބަބުން މިހާރުން މިހާރަށް، ވަގުތުން ކޯޅުންތަކެއް އުފެދިގެން ނުދިޔަނަމަވެސް، މިއީ އިތުބާރު ގެއްލުމާއި ސަރަހައްދު ހުރަސްކޮށް ހަމަނުޖެހުން އުފެދުމަށާއި ވާދަވެރި ސަރަހައްދީ ކޯޅުންތަކަށް ފަހިކޮށްދޭނެ ކަމެއް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން އިންޑިއާގައި ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ. އިންޑިއާގައި، ދަނޑުވެރިކަމާއި ކޯރުގެ މަސްވެރިކަމާއި ދިރިއުޅުމަށް ބްރަހަމާޕޫތުރާއަކީ ވަރަށް މުހިންމު ކޯރެކެވެ. ކޯރުގެ ފެން ދަތުރު ކުރާ ގޮތަށް އަންނަ އެއްވެސް ބަދަލެއްގެ ސަބަބުން ތިރީގައި ދިރިއުޅޭ އަވަށްތަކަށް ބޮޑެތި އަސަރުތަކެއް ކޮށް، ފެން ލިބުން މަދުވެ، އެތައް މިލިއަން ބައެއްގެ ފުރާނައަށް އަސަރު ފޯރާފާނެ ކަމަށް ބެލެވެއެވެ.

ޖިއޮޕޮލިޓިކަލް ޓެންޝަންތަކުގެ އިތުރުން މި މަޝްރޫއުގެ ސަބަބުން ތިމާވެށީގެ ކަންބޮޑުވުންތައް ވެސް އުފެދެ އެވެ. މިފަދަ ބޮޑު ޑޭމެއް ހެދުމަކީ ސަރަހައްދުގެ ތިމާވެށީގެ ވާސާއަށް ބުރޫ އަރައި، އާބާދީތައް ޒަމާންތަކެއް ވަންދެން ދިރިއުޅެމުން ދިޔަ ކާބަފައިންގެ ބިންތަކުން ލުހެލާނެ ކަމެކެވެ. އަދި ދިރޭތަކެއްޗަށް ވެސް މިއިން ފުން އަސަރެއް ކުރާނެއެވެ. ނަމަވެސް އިގްތިސާދީ ގޮތުން ހައިޑްރޯޕަވަރ މަޝްރޫއުގެ ސަބަބުން ޗައިނާއަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ.

އެތައް މިލިއަން ބަޔެއްގެ ގެދޮރާއި ސިނާއަތްތަކަށް ކަރަންޓް ދިނުމުގެ ގާބިލްކަން މި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުން ލިބިގެން ދާނެ ކަމަށް ވެއެވެ.

މި މަޝްރޫއަކީ ބައިނަލްއަގްވާމީ މުޖުތަމައުން ގާތުން ބަލަމުންދާ މަޝްރޫއެކެވެ. މިއީ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ތެރެއަށް ޗައިނާގެ ނުފޫޒު ފުޅާވަމުންދާނެ މަޝްރޫއެއް ކަމަށް ބަލައި ވާދަވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފެނުގެ މައްސަލައަކީ ދެކުނު އޭޝިއާ ސަރަހައްދުގައި މިހާރު ހުރި ޖިއޮޕޮލިޓިކަލް މައްސަލަތަކަށް އައު އުދަގޫކަމެއް ގެނަސްދޭނެ ކަމެކެވެ.

މި މަޝްރޫއު ކުރިއަށްދާ ވަރަކަށް ޗައިނާއާއި އިންޑިއާގެ ގުޅުމަށާއި ސަރަހައްދީ ހަމަޖެހުމަށް ކުރާ އަސަރު ދުނިޔެއިން ވަރަށް ގާތުން ބަލާނެއެވެ.