ސަރުކާރުން ވަނީ 100 މަސްދޯންޏެއްގައި އާރު.އެސް.ޑަބްލިއު ސިސްޓަމް ހަރުކުރުމުގެ މަޝްރޫޢެއް ފަށާފައެވެ.
މި ސިސްޓަމަކީ މަސް ބާނާ ވަގުތުން ފެށިގެން މަސް ކިރާ ސަރަޙައްދަށް ދެވެންދެން މަހުގެ ތާޒާކަން ދެމެހެއްޓުމަށް ބޭނުންކުރާ ނިޒާމެކެވެ. މި މަޝްރޫޢުގެ ދަށުން އިސްލާމިކް ޑެވެލޮޕްމެންޓް އާއި ގުޅިގެން އެސްޑީއެފްސީ މެދުވެރިކޮށް ޚާއްޞަ ފައިނޭންސިންގ ފެސިލިޓީއެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ފެސިލިޓީގެ ދަށުން އާރު.އެސް.ޑަބްލިއުގެ އިތުރުން ޖެންސެޓާއި ސޯލާޕީވީ ވެސް ނެގޭނެއެވެ. ސަރުކާރުން ފެސިލިޓީގެ 35% ދައްކައިދޭއިރު، މަސްވެރިން ދައްކަންޖެހެނީ 65% އެވެ.
ފެސިލިޓީގެ މުހިންމު ޝަރުތުތަކުގެ ތެރޭގައި މަސްވެރިކަމުގެ ލައިސަންސް އޮތުމާއި، ދޯނީގެ ދިގުމިން 500 ފޫޓަށްވުރެ ދިގުވުމާއި، 10 ޓަނުގެ މަސް ރައްކާކުރެވޭ ވަރުގެ ކެޕޭސިޓީ ހުރުން ހިމެނެއެވެ. އަދި 2 މިލިއަން ރުފިޔާއާ ހަމައަށް އެއްވެސް ރަހުނަކާ ނުލައި ނެގޭނެއެވެ.
މިހާރު ގދ. އަދި ގއ. އަތޮޅުގައި 70 ވަރަކަށް ދޯނީގައި މި ސިސްޓަމް ހަރުކުރެވި ބޭނުންކުރަމުންދާއިރު، އަލަށް ބަންނަ މަސްދޯނިތައްވެސް ފަރުމާކުރަނީ މި ސިސްޓަމް އެޅޭގޮތަށެވެ. ފެސިލިޓީއަށް އެދެންޖެހެނީ އީފާސް މެދުވެރިކޮށް ކަމަށްވާއިރު، އެޕްލިކޭޝަންތައް ޓެކްނިކަލް އަދި ފައިނޭންޝަލް ގޮތުން އިވެލުއޭޓްކުރެވޭނެއެވެ.