ކ.މާފުށީ ސްކޫލުގައި މިހާރު ކުރިއަށްދާ "އެނުއަލް ސްކައުޓް ކޭމްޕް 2025"ގެ ސްކައުޓުންނަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓުން، ފަޔަރ އެވެއަރނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ކޭމްޕުގައި މިއަދު ކުރިއަށްގެންދިޔަ ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މައުލޫމާތުތައް ކިޔައިދީފައިވާ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި ފަޔަރ ބްލޭންކެޓް އަދި އަލިފާންނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައްވެސް ދަސްކޮށްދީފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެެވެ.

މި ސެޝަންގައި، އެ ކޭމްޕްގެ 43 ސްކައުޓުން ބައިވެރިވިއެވެ.