އެމެރިކާގެ ވޯޓުލާ މީހުންގެ 21 ޕަސެންޓް މީހުން ބުނަނީ އެމީހުންގެ ތާއީދެއް އިޒްރޭލަކަށް ނެތް ކަމަށާއި އެމީހުންނަކީ، ޙަމާސަށް ސަޕޯޓު ކުރާ ބަޔެއް ކަމަށެވެ.
ޖަނަވަރީ 15އާއި 16ގައި ހަރވަރޑް/ހެރިސް ޕޮލްއިން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުން ދައްކަނީ އިޒްރޭލު ނުތަނަވަސް ވާންޖެހޭ ފަދަ ނަތީޖާއެކެވެ.
އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ހަތަރުބައިކުޅަ އެއްބައި މީހުން ބުނަނީ ޙަމާސަށް ތާއީދު ކުރާ ކަމަށެވެ.
ރިޕަބްލިކަންގެ 12 އިންސައްތަ ބުނަނީ ޙަމާސަށް ތާއީދު ކުރާ ކަމަށެވެ.
އެއްވެސް ޕާޓީއަކަށް ސަޕޯޓު ނުކުރާ 20 ޕަސެންޓް ބުނަނީ ޙަމާސަށް ތާއީދު ކުރާ ކަމަށެވެ.
ޙަމާސަށް ސަޕޯޓު ކުރާ މީހުން އުމުރުފުރައަށް ބަލާއިރު:
އުމުރުން 25އާއި 34 އަހަރުގެ މީހުންގެ 32 އިންސައްތަ.
އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންގެ 21 އިންސައްތަ.
އުމުރުން 35 އަހަރާ 44 އަހރާ ދެމެދުގެ މީހުންގެ 29 އިންސައްތަ.
އުމުރުން 45 އަހަރާ 54 އަހަރާ ދެމެދުގެ މީހުންގެ 23 އިންސައްތަ.
އުމުރުން 55 އަހަރާ 64 އަހަރާ ދެމެދުގެ މީހުންގެ 17 އިންސައްތަ.
65 އަހަރުން މަތީގެ މީހުންގެ 10 އިންސައްތަ.
ގަތުލުއާންމު ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އެންމެ ބޮޑަށް ސަޕޯޓު ކުރަނީ ޑިމޮކްރެޓިކް ޕާޓީ މީހުންނެވެ. އެއީ 87 އިންސައްތައެވެ.
ރިޕަބްލިކަން ޕާޓީން 81 އިންސައްތަ ހަނގުރާމަ ހުއްޓާލުމަށް ތާއީދު ކުރެއެވެ. އަދި އެއްވެސް ޕާޓިއަކަށް ސަޕޯޓު ނުކުރާ 78 އިންސައްތަ މީހުންވެސް ހަނގުރާމަ ހުއްޓާލަން ތާއީދު ކުރެއެވެ.
57 ޕަސެންޓް މީހުން ދެކެނީ ހަމާސްއިން ހަނގުރާމަ ހުއްޓާލަން އެއްބަސްވީ ޓްރަމްޕް ވެރިކަމަށް އައުމުންނެވެ.
ޔަހޫދުންނަށް އެމެރިކާގައި ދޭހަމަލަތަކާ މެދު ކަންބޮޑުވާތޯ އެހުމުން މީހުން ބުނެފައި ވަނީ އެކަމަށް އެމީހުން ފަރުވާލެއް ނުބަހައްޓާ ކަމަށެވެ. އެންމެ 2 ޕަސެންޓް މީހުން ބުނެފައި ވަނީ އެކަން ކުށްވެރި ކުރާ ކަމަށެވެ.