އިސްތިއުފާ އިއުލާން ކުރެއްވުމަށް ފަހު ޒަޔަނިސްޓުންގެ ސިފައިންގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ހެރްޒީ ހަލޭވީ ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޙަމާސްއިން އިޒްރޭލު ގިއްގަޅުވާލި ހާދިސާ އަށް ޒިންމާ އުފުލާ ކަމަށް ބުނެފައެވެ.
އޭގެ އިތުރުން އޭނާ ވަނީ، ޒަޔަނިސްޓު ސިފައިންގެ ނާކާމިޔާބީތައް ތަހުގީގު ކުރުމަށް ބޭރުގެ ކޮމިޓީއެއް އެކުލަވާލުމަށް ވެސް ގޮވާލައްވަ އެވެ.
އޭނާ ނުސީދާކޮށް އިޝާރާތް ކޮށްފައި ވަނީ އިޒްރޭލު ސިފައިން ހިންގި ހަނިބާލް އޮޕަރޭޝަންގައި އިޒްރޭލުގެ އަމިއްލަ ރައްޔިތުންގެ ބޮލަށް ބޮން އަޅައި ނައްތާލި ހާދިސާއަށެވެ.
އޭނާ ބުނީ ޒަޔަނިސްޓު ސިފައިންގެ އަސާސީ މަސައްކަތަކީ އަމިއްލަ ރައްޔިތުން ހިމާޔަތްކުރުން ކަމަށާއި އެކަމުގައި ޔަހޫދުން ނާކާމިޔާބުވީ ކަމަށް އޭނާ ޓީވީ މެދުވެރިކޮށް ދިން ބަޔާނުގައި ބުންޏެވެ.
މި ވާހަކައަކީ ނަތަންޔާހޫއަށް އިތުރުބޮލު ރިހުމަކަށް ވާނެއެވެ. އަދި މިކަންކަމުގެ ޒިންމާއިން ރެކި ދުނިޔެއާއި ރައްޔިތުން ކަސިޔާރު ކުރުމަށް އޭނާ ހިންގާ އިތުރު ހަނގުރާމައިގެ ޖަރީމާތައް ކަށަވަރެވެ.
ހަލޭވީ ވަނީ ޝަހީދު ކޮމާންޑަރު ޔަޙުޔާ އިބްރާހީމް ސިންވާރު ރޭވި 7 އޮކްޓޫބަރާއި އެގެ ފަހުން ޔަހޫދުން ނައްތާލުމުގެ އަމަލުތަކަށް ފުރިހަމައަށް ހާމަކަން ބޮޑު ތަހުގީގުތަކެއް ކުރަން ޖެހޭ ކަމަށް ބުނެފައވެ.