ކުރިއަށް އޮތް ދިރާސީ އައު އަހަރަށް ރަށްރަށަށް ބޭނުންވާ ފޮތްތައް ޕެކޭޖުކޮށް ފޮނުވައިދޭނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު އިއުލާނު ކޮށްފިއެވެ.
އިއުލާނުގައިވާ ގޮތުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނީ މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަންތައް ހުޅުވުމަށް ތާވަލު ކޮށްފައި ވަނީ ފެބްރުއަރީ 2 ވަނަ ދުވަހުގެ 10:00 ގައި އެޑިއުކޭޝަން މިނިސްޓްރީ (ވެލާނާގެ 9 ވަނަ ފަންގިފިލާ) ގައެވެ.
ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ރުފިޔާ (ދިހަހާސް ރުފިޔާ) ހުށަހަޅަން ލާޒިމުކޮށްފައިވާއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކަށް ދީފައި ވަނީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ވަނީ ހިމަނާފައެވެ.
އިއުލާނު ލިންކް:
https://www.gazette.gov.mv/iulaan/324843
މިހާރު ހިނގަމުން މިދާ ދިރާސީ އަހަރު ކުރިއަށް އޮތް މާރިޗު މަހު ނިމި، އައު ދިރާސީ އަހަރު ފެށޭނީ ފިތުރު ޢީދު ބަންދަށްފަހު އޭޕްރީލް 6 ވަނަ ދުވަހުއެވެ. އައު ދިރާސީ އަހަރު ނިމޭނީ މިއަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.