އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ފޭދޫ އަވަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ބޫޓު ކޭމްޕްގެ ބައިވެރިންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ސެޝަނެއް ނަގައިދީފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު އައްޑޫ ސިޓީ ފޭދޫ ސްވިމިންގ ޓްރެކުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ދަސްކޮށްދީފައި ވަނީ ކަނޑުމަތީގައި ހާލުގައި ޖެހުމުން އަމަލުކުރާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ކަމަށެވެ.

އަދި މި ސެޝަންގައި ބައިވެރިވި ފަރާތްތަކަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދެއްވީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ކަމަށްވެސް އެފަރާތުން ބުންޏެވެ.

މި ސެޝަންގައި ފޭދޫގެ 50 ކަނބަލުން ބައިވެރިވިއެވެ.