މިއަދުވެސް ހެނދުނާއި މެންދުރުފަހު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ އިއްޔެ އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެކުންފުނިން އިތުރަށް ވިދާޅުވެފައި ވަނީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީއެވެ.

އެގޮތުން މިއަދު ހެނދުނު 09:30 ން 10:30 އަށް މާލެ ސިޓީ، ސިއްކަ ގޯޅި، ގުލޭނޫރަން މަގު އަދި ކަރަންކާ މަގު ހިމެނޭ ސަރަހައްދުން ކަރަންޓް ދާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ

އަދި މިއަދު މެންދުރުފަހު 14:00 ން 16:00 އަށް މާލެ ސިޓީ، މަޖީދީ މަގު އަދި ލަންސިމޫ ގޯޅި ހިމެނޭ ސަރަހައްދުންވެސް ކަރަންޓް ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެކުންފުނިން ވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މި މަސައްކަތްތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.