ކާދު ތައްޔާރު ކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންކަން:· ކުނިފުނި ތެރޭގައި އޮކްސިޖަން ދައުރުވުން: އޮކްސިޖަން ދައުރު ކުރުމަށްޓަކައި ކޮންމެ 7 ދުވަހަކުން ކާދު ގަނޑު ފުށުން ޖަހަން ޖެހޭނެއެވެ. އެހެން ނޫންނަމަ އޮކްސިޖަން މަދުވެ ޖަރާސީމު ތަކުގެ މަސައްކަތއް ބަދަލު އައިސް ކުނިފުނުން ވަސް ދުވަން ފަށާނެއެވެ.

· ފެން ޖެހުން: ކުނި ފުންޏަށް ފެން ޖަހަނީ އެތެރޭގެ ހޫނުމިން މާބޮޑަށް މައްޗަށް ދިޔަ ނުދިނުމަށްޓަކައެވެ. ހޫނިމިން މާބޮޑަށް މައްޗަށް ހިންގައްޖެ ނަމަ ޖަރާސީމުތައް މަރުވެ ކުނިތައް ކާދަށް ބަދަލުވުން މަޑުޖެހެން ފަށާނެއެވެ. އަދި މާ ގިނައިން ފެން ޖަހައިފިނަމަ، ކުނިފުނީގެ ތެރޭގައި ތެތްބޮޑުވެ ވަސްދުވަންފަށާނެއެވެ. ފެން ޖަހާފައިހުރީ ރަނގަޅު މިނަށްތޯ ބެލުމަސްޓަކައި ކުނިފުނީގެ އެތެރެއިން މުށެއްގެ އެއްޗެހި ނެގުނަށްފަހު ބާރައް ފިތާލާށެވެ. އިނގިލި ތަކުގެ ދޭތެރެއިން ދެތިން ތިކި ޖަހާވަރަށް ފެން ފައިބައިފިނަމަ، ފެން ޖެހިފައި އެހުރީ ރަނގަޅަށެވެ. ފެން ގިނައިން ޖެހިފައި ހުރި ނަމަ ހިކި ފަތުގެބައި ނުވަތަ ހިކި ބޮނބި ކުނޑީގެ ބައި ގިނަ ކޮށްލައި ޕައިލް ފުށުން ޖަހާށެވެ.

· ރަނގަޅަށް ފުށުން ޖަހަމުން ކުނިފުނި (ބަޔާން ކޮށްފައިވާ ސައިޒުގެ) ގެންގުޅެފި ނަމަ 7 ހަފްތާ ތެރޭގައި ކާދު ލިބޭނެއެވެ. ހުރިހާ ކުންޏެއް ކާދަށް ބަދަލުވުމުން ކުނި ފުނީގެ އެތެރޭގެ ހޫނުމިން ދަށްވެ، އެއްވެސް ކަހަލަ ކުނިވަހެއް އޭގެން ނުދުވާނެއެވެ. ތައްޔާރުކުރި ކާދު ގަސްތަކަށް ބޭނުން ކުރަން ފެށުމުގެ ކުރިން ކާދުގަނޑު ރނގަޅަސް އަވިން ހިއްކާލައި 1 މިލިމީޓަރުގެ ގޮޅި ހުންނަ ދާގނޑެއް ބޭނުންކޮށްގެން ފުރާނާލާށެވެ. ކާދުގަނޑެއް ބޭނުންކޮސްގެން ފުރާނާލާށެވެ. ކާދުގަނޑު ރަނގަޅަށް ނުހިއްކާ ރައްކާކުރަން ބަހައްޓައިފިނަމަ އޭގައި ފަންގަސް އަށަގަންނާނެއެވެ.

https://sarukaaru.gov.mv/articles/6791