އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ލ.ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ މިތަކެތި ނައްތާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ލ. ގަން ޕޮލިސް ސްޓޭޝަނުގައި ކަމަށެވެ.
އެގޮތުން 66 ފުޅި ބަނގުރާ ނައްތާލާފައިވާ ކަމަށާއި މި ތަކެއްޗަކީ ލ.ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ހިފެހެއްޓިފައިވާ ތަކެތި ކަމަށްވެސް ފުލުހުން ބުންޏެވެ.
ބަނގުރާ ނައްތާލުން ލ.ގަން ޕޮލިސް ސްޓެޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެމައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލާވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.