މިދޭތެރެއަކުން ވަރަށް ދަށް ނަތީޖާތަކެއް ލިބުނު މެންޗެސްޓަރ ސިޓީއިން، ރޭ ޗެލްސީގެ މައްޗަށް 1-3 އިން ކުރި ހޯދައި އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަދެއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޗެލްްސީން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ 3 ވަނަ މިނެޓުގައި ނޯނީ މަޑުއެކޭގެ ލަނޑުން އެޓީމުން ލީޑްވެސް ނެގިއެވެ. އެކަމަކު ސިޓީއިން މަޑުމަޑުން ކުޅުން ރަނގަޅުކޮށް، 42 ވަނަ މިނެޓުގައި އެއްވަރު ކުރިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ކްރޭޝިޔާގެ ޑިފެންޑަރު ގުވަޑިއޯލްއެވެ.

ދެވަނަ ހާފު ފަށައިގެން ސިޓީ ކޮޅަށް ނަތީޖާ އަނބުރާލީ 68 ވަނަ މިނެޓުގައި އާލިންގ ހާލަންޑް އަދި 87 ވަނަ މިނެޓުގައި ފިލް ފޯޑެންގެ ލަނޑުންނެވެ.

މިނަތީޖާއާއެކު ތާވަލުގެ 4 ވަނައަށް ސިޓީ ކުރިއަށް ޖެހިލީ 41 ޕޮއިންޓާއެކުއެވެ. ސިޓީއަށްވުރެ ކުރީގައި އޮތީ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެވަނައިގައި އޮތް އާސެނަލް އަދި ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓެވެ. ޗެލްސީ އޮތީ 40 ޕޮއިންޓާއެކު 6 ވަނައިގައެވެ.