ޕެސްޓިސައިޑަކީ ތަފާތު އެކި ކަހަލަ ފަނިފަކުސާއާއި ދިރޭ ސޫފާ ސޫފި މެރުމަށް ޚާއްޞަކުރެވޭ ވިހަ މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ޕެސްޓިސައިޑަކީ އިންސާނުންނަށާއި އެމާޙައުލެއްގައި އުޅޭ ޖަނަވާރާއި، ކަމާއި ނުގުލޭ އެހެން ޖަނަވާރުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާ އެއްޗެކެވެ. މި ސަބަބައްޓަކައި ޕެސްޓިސައިޑް ގެންގުޅޭއިރު ވީހާވެސް ފަރުވާތެރިކަމާއެކު އެތަކެތި ބޭނުންކުރުމަސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
ތަފާތު ކެމިކަލް ޕެސްޓިސައިޑްތައް ބޭނުންކުރުމަކީ ގަސްތަކަށްޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ އެންމެ ފަހުގެ ފިޔަވަޅަށް ހައްދަވާށެވެ. އަދި ދަނޑުވެރިކަމުގައި ދިމާވާ ގަސްތަކަށްޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިވުމަށް IPM( އިންޓަގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް) ގެ އުޞޫލުތަކުގެ މަތިން އަމަލު ކުރުން މުހިންމެވެ. އެހެންނަމަވެސް ޕެސްޓިސައިޑެއް ބޭނުންކުރަން ޖެހިއްޖެ ހާލަކެއްގައި އަބަދުވެސް ތިރީގައިވާ ކަންކަމަށް ސަމާލުވެ ލައްވާށެވެ.
ބޭސް ޖެހުމުގެ ތައްޔާރީތައް
· ދިމާވެގެން އުޅެ މައްސަލައާއި ގުޅޭ އަދި ހައްދަމުން ގެންދާ ގަސްތަކަށް ޚާއްޞަކުރެވިގެން އުފައްދާފައިވާ ޕެސްޓިސައިޑެއްކަން ޔަޤީން ކުރުން
· ކިޔަން އެނގޭ ބަހަކުން ރަނގަޅަށް ލޭބަލްކޮށްފައިވާ ބޭހެއް ކަމުގައިވުން
· ލޭބަލްގައި ހިމަނާފައިވާ މައުލޫމާތުތައް ފަހުރުވާތެރިކަމާއިއެކު ކިޔުން
· ލޭބަލްގައި އުރުޝާދު ދީފައިވާ މިންގަނޑަށް ބޭސް އެއްކުރުމާއި ބޭސް ޖެހުމަށްފަހު މޭވާ ކެނޑުމާއި ދެމެދު ދޫކުރަންޖެހޭ މުއްދަތު ނެތްނަމަ ބޭސް ނުޖެހުން
· ޕެސްޓިސައިޑް މިނުމަށްޓަކައި ޚާއްޞަ އެއްޗެއް ބޭނުންކުރުން
· ފަރުވާތެރިކަމާއިއެކު މިނުމަށްފަހު އެވަގުތަކަށް ބޭނުންވާ މިންވަރަކަށް އެކަނި އެއްކުރުން
· ރަަނގަޅަށް ވައި ދައުރުވާ ފަދަތަނެއްަގއި ހުރެގެން ޕެސްޓިސައިޑް އެއްކުރުން
ބޭސްޖެހުމަށް ބޭނުންވާ ސާމާނު
· ބޭސް އެއްކުރާއިރު އަދި ބޭސްޖަހާއިރު އެކަށީގެންވާ ގޮތަށް ހެދުން އެޅުން(އާންމު ގޮތެއްގައި: ރަބަރު އަންގި، ބޫޓު، ނޭފަތާއި އަނގަމަތި ނިވާކުރާ މާސްކު، ލޮލުގައި އަޅާ ގޮގުލްސް، މުޅި ހަށިގަނޑު ނިވާވާފަދަ ރަބަރު ކޯޓެއް)
· ބޭސް ޖެހުމަށް ވަކިން ސްޕްރޭޔަރެއް ބޭނުން ކުރުން އަދި ސްޕްރޭޔަރުގެ ބޭރުގައި ފަސޭހައިން އެނގޭ ގޮތަށް ނިޝާނެއް ޖަހާފައި ބެހެއްޓުން.
· ސްޕްރޭޔަރ އަދި ނޮޒްލްގެ އެއްވެސް ތަނަކުން ލިކުވާނަމަ ބޭސް ޖަހަން ފެށުމުގެ ކުރިން އެމައްސަލައެއް ޚައްލުކުރުން
· ބޭސް ޖެހުމަށްފަހު ސްޕްރޭޔަރު އެއްކޮށް ހުސްކޮށް، ރީތި ފެނުން ރަނގަޅަށް ދޮވުމަށްފަހު ވައިޖެހޭތަނެއްގައި ބާއްވާ ރަނގަޅަށް ހިއްކާލުމަށް ފަހު ރައްކާކުރުން.
އަދި ނުނިމޭ....
https://sarukaaru.gov.mv/articles/6831