މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޖޫނިއަރ ގްރެފިކް ޑިޒައިނަރެއްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މި މަޤާމަށް އެކަކު ބޭނުންވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

މި މަޤާމަށް ހޮވޭ ފަރާތަށް މަހަކު 8،000 ރުފިޔާގެ އަސާސީ މުސާރައެއް ލިބޭނެއެވެ. މީގެ އިތުރުން، މަހަކު 4،650 ރުފިޔާގެ މަންތްލީ ފިކްސްޑް އެލަވަންސްއަކާއި، 5،000 ރުފިޔާގެ ފިކްސްޑް އެލަވަންސްއެއް ލިބޭނެއެވެ. އަދި މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 80 ރުފިޔާގެ ސަރވިސް އެލަވަންސްއެއްވެސް ދެވޭނެއެވެ. މީގެ އިތުރުން، ހެލްތް އިންޝޯރެންސްވެސް ލިބޭނެކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައިއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ގްރެފިކް ޑިޒައިން، މާކެޓިންގ، ކޮމިއުނިކޭޝަންސް، ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއި، ކޮންޓެންޓް އުފެއްދުމާއި ޑިޖިޓަލް މާކެޓިންގ ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ސޯޝަލް މީޑިއާ ޕޯސްޓް، ވީޑިއޯ، އިންފޯގްރެފިކްސް އަދި ކުރު ވީޑިއޯ ފަދަ ގިނަ ބާވަތްތަކުގެ މީޑިއާ ކޮންޓެންޓް އުފެއްދުމާއި، އެކި ޕްލެޓްފޯމްތަކަށް ޚާއްސަކޮށްގެން ކޮންޓެންޓް ތައްޔާރުކުރުން ހިމެނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 29 ވާ ބުދަ ދުވަހުގެ 15:30ގެ ކުރިން އެމްޕީއެލްގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެކުންފުނިން އިރުޝަދުދެއްވާފައިވެއެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 ޖަނަވަރީ 30 އާއި 2025 ފެބްރުވަރީ 6 އާއި ދެމެދުގައެވެ.

އިތުރު މަޢުލޫތު: https://www.gazette.gov.mv/iulaan/324525