އިންޑިޔާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްޠާޛް ޙުސައިން މުޙައްމަދު ލަތީފް ފޮނުއްވައިފިއެވެ.

ސޯސަލްމީޑީއާގައި ކުރެއްވި ޕޯސްޓުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ނައިބު ރައީސް ޖަގްދީޕް ދަންކަރްއަށާއި އެކުވެރި އިންޑިޔާގެ ރައްޔިތުންނަށް އަރިސްކުރާކަމަށާއި ޖުމްހޫރީ ދުވަސް ފާހަގަކުރަމުންދާއިރު، އިންޑިޔާގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަމާއި އުފާ ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް އިންޑިޔާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެވުމަށް އުއްމީދުކުރައްވާކަމުގައ ނައިބު ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.