ދަނޑަށް ބޭސްޖެހުން
· މާބަނޑު މީހުންނާއި އެކި ބާވަތްތަކުގެ އެއްޗެއްސައް އެލާޖިކް ވާމީހުން ގަސްތަކަސް ބޭސް ޖަހައިގެން ނުވާނެއެވެ.
· ބޭސް ޖަހާ ވަގުތު ކެއުން، ބުއިން، ދުފުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަން ނުކުރުން
· މަގެއްގެ ކައިރީގައިވާ ދަނޑެއްނަމަ، އެ ވަގުތުން އެމަގުން ހިނގާބިނގާވާ ފަރާތްތަކަށް ދަނޑުގައި ބޭސްބޭނުންކުރާކަން އެނގޭފަދަ ނޯޓިސްއެއް ބެހެއްޓުން
· ވައިގަދަ ވިއްސާރަ ދުވަސްވަރު ބޭސް ނުޖެހުން
· ބޭސް ޖަހަމުންދާއިރު އަބަދުވެސް ވައިމަތީގައި ހުރެގެން ވައި ދަށަށް ވާގޮތަށް ސްޕްރޭކުރަމުން ގެންދިއުން
· ބޭސް ޖަހަމުންދާ ވަގުތު ހަންގަނޑަށާއި، އެހެނިހެން ގުނަވަނެއްގައި ބޭސް ޖެހުނަ ނުދިނުމަށް ސަމާލުވާންވާނެއެވެ. އެއްވެސް ގޮތަކުން އެއްވެސް މިންވަރަކަށް ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ބޭސް ޖެހިއްޖެނަމަ ވީހާވެސް އަވަހަކަށް ސައިބޯނި ލައިގެން ދޮވެ ސާފުކޮށްލަންވާނެއެވެ.
· ބޭސް ޖަހަމުން ދަނިކޮށް ނުވަތަ ބޭސްޖަހާ ނިމޭތަނުން ބޯއެނބުރުން، ހޮޑުލެވުން އަދި އެހެންވެސް ބައްޔެއްގެ ނިޝާނެއް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުން، ޑޮކްޓަރަށް ދައްކާއިރު، ޖަހަމުންގެންދިޔަ ބޭހުގެ ލޭބަލް ގެންދަވަންވާނެއެވެ.
· ބޭސްޖަހާ ނިމުމުން ރަނަގަޅަށް ސައިބޯނި ލައިގެން އަތްދޮވުން
· ބޭސް ހުސްކުރި ފުޅި ނުވަތަ ޕެކެޓް ދަނދުތެރެއަށް އެއްކާނުލާ ނައްތާލުން
ގުދަން ކުރުމާއި ނައްތާލުން
· ބޭސް ގަންނައިރު އެވަގުތައް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ގަނެފައި ނުބެހެއްޓުން
· ކޮންމެހެން އިތުރަށް ގަންނަންޖެހޭ ހާލަތެއްގައި ކާއެއްޗެއްސާއި، ޖަނަވާރަށް ކާންދޭ އެއްޗިއްސާއި ވަކިން ކުޑަކުދިންނަށް ކައިރިނުވެވޭ ގޮތަށް ތަޅުލާފައި ހުންނަ ގުދަނެއްގައި ބޭސް ރައްކާކުރާށެވެ. މިގޮތަސް ރައްކާކުރާ ބޭހުގެ ލޭބަލްތައް ވަކިކޮސްގެން ނުވާނެއެވެ.
· ބޭސް ހުސްކުރާ ފުޅިއާއި ޕެކެޓް އެހެން އެއްވެސް އެއްޗެއް އެޅުމަސް ބޭނުން ކޮށްގެން ނުވާނެއެވެ.
· ޖޫސް ނުވަތަ އެއްވެސް އެހެންބާވަތެއްގެ ލޭބަލެއް ހުންނަ ފުޅިއަކަށް ބޭސް ނޭޅުން
· ގެރެންޓީ ހަމަވެފައިވާ ބޭށް ގުދަނުގައި ގިނަދުވަސް ވަންދެން ނުބަހައްޓާ، ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ނައްތާލަންވާނެއެވެ. ނައްތާލާއިރު ފަސްގަނޑަށް ނުވަތަ ފެންފަށަލައަށް ބޭހުގެ އަސަރު ކުރާ ގޮތަށް އަމަލުކޮސްގެން ނުވާނެއެވެ.