މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވަޒީފާތަކަށް ހުނަރުވެރި ދިވެހިން ހޯދުމަށް މިއަދު އިއުލާނު ކޮށްފިއެވެ.
އެމްޕީއެލްއިން އިއުލާނު ކޮށްފައި ވަނީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓް މަގާމުގެ 5 މުވައްޒަފުން ހޯދުމަށާއި އެސިސްޓެންޓް އޮޕަރޭޓަރގެ މަގާމަށް 6 މުވައްޒަފުން ހޯދުމަށެވެ.
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓްގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ ގްރޭޑް 10 ނިންމާފައިވުމެވެ. މައިގަނޑު މަސްއޫލިއްޔަތަކީ ޑިޕާޓްމަންޓްގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރުމެވެ. ޑިއުޓީއަށް ނިކުންނަން ޖެހެނީ ދަންފަޅި އުސޫލުން މާލޭ އޮފީހަށެވެ.
އެސިސްޓެންޓް އޮޕަރޭޓަރގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ އްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ V1 ގެ ކްރޭން ނުވަތަ ފޯކްލިފްޓް ދުއްވުމުގެ ލައިސަންސް އޮތުން ނުވަތަ C1 ކެޓަގަރީގެ ލައިސަންސެއް އޮތުމެވެ. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތަކީ އެމް.ޕީ.އެލް އިން ހިންގާ ބަދަރުތަކުގައި ގެންގުޅޭ އެއްގަމު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ވެހިކަލްތައް ބަލަހައްޓައި މެއިންޓެއިން ކުރުން، ހުސްކޮންޓެއިނަރ އަދި ކޮންޓެއިނަރ ހޭންޑަލްކުރުން، ކޮންޓެއިނަރ އިން އަދި ލޮރީ ފަހަރަށް މުދާ ބަރުކޮށް ދިނުން، ބޯޓުން ބާލާ މުދާ ގުދަނަށް ވެއްދުމާއި ނެރެދިނުމެވެ. މި މަގާމަށް ހޮވޭ މުވައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެމްޕީއެލްގެ ޓާމިނަލް އެންޑް ވެހިކަލްސް ޑިޕާޓްމަންޓުގައި ދަންފަޅި އުސޫލުންނެވެ.
މިމަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ވޯކް.އިން އިންޓަވިއު ކުރިއަށް އޮތް ފެބްރުވަރީ 1 ވަނަ ދުވަހުގެ 14:00 އިން 15:00 އާއި ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ( ހެޑް އޮފީސް) އޮންނާނެއެވެ.
އިއުލާނުގެ ތަފްސީލް ލިންކް:
https://www.gazette.gov.mv/iulaan/325263