އަލްކޮހޮލް ނުހިމެނޭ ޕްރީމިއަމް ވައިންގެ ތަޖުރިބާ ހޯއްދަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އުފާވެރި ޚަބަރެއް! ހާރޑީސް ޒީރޯ ރޭންޖް މިހާރު ދިވެހިރާއްޖޭގައި ލިބެން ފަށައިފިއެވެ. މި ފަޚުރުވެރި ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް، ވިއްކައި އަދި އިސްތިހާރުކުރަމުން ގެންދަނީ ކޮސްމޯޕޮލިޓަންއިންނެވެ.

ހާރޑީސް ޒީރޯ ރޭންޖްގައި ހިމެނެނީ ސްޕާކްލިންގް، ރަތް އަދި ހުދު ވައިންގެ ބާވަތްތަކެވެ. މި އުފެއްދުންތައް ލިބެން ހުންނާނީ 750 އެމްއެލްގެ ފުޅިތަކުގައެވެ. މި ބުއިމުގެ ފޮނި ރަހައާއި، އުޖާލާކަމާއި އަދި ފްރެޝް ރަހަ ތަޖުރިބާކުރެއްވުމަށް މިހާރުވެސް އޯޑަރު ކުރެއްވިދާނެއެވެ.

ކޮސްމޯޕޮލިޓަންއަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ މައި ސަޕްލަޔަރެވެ. އަމާޒަކީ ދިވެހިރާއްޖޭގައި ކާބޯތަކެއްޗާއި ބުއިންތައް ސަޕްލައިކުރުމުގައި ކަސްޓަމަރުންގެ އެންމެ ގާތް ޕާޓްނަރަކަށްވުމެވެ. މިގޮތުން، ހާރޑީސް ޒީރޯ ރޭންޖް ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނީ ކޮސްމޯޕޮލިޓަންގެ ފިހާރަތަކުންނެވެ.

ހާރޑީސް ޒީރޯ ރޭންޖްގެ މަތިވެރި ފެންވަރާއި ރަހަ ތަޖުރިބާކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، މިހާރުން މިހާރަށް ކޮސްމޯޕޮލިޓަންގެ ފިހާރަތަކަށް ޒިޔާރަތްކުރައްވާ!