ބަންގުލަދޭޝްގެ މިނިވަންކަމުގެ ރަން ޔޫބިލް ފާހަގަ ކުރުމާއި ބަންގު ބަންދޫ ( ބަނގުލަދޭޝްގެ ފުރަތަމަ ރައީސް ) އަށް 100 އަހަރު ފުރުމަށް ބާއްވާ 10 ދުވަހުގެ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގަންނަވާގޮތަށް ހަމަ ޖެހިފައިވާ ކަމަށް ބަނގުލަދޭޝް ގެ ނޫހެއް ކަމަށްވާ ދަ ޑެއިލީ ސްޓަރ އިން ބުނެފިއެވެ.
މި ހަފުލާތަކުގައި ބަންގުލަދޭޝްގެ އެހެން ސަރަޙައްދު ތަކުގެ ވެރިންނާއި އަވައްޓެރި ގައުމުތަކުގެ ވެރިން ބައިވެރި ވަޑައިގަންނަވައެވެ. މި ޚާއްސަ ޕްރޮގްރާމުތައް ރޭވިފައިވަނީ މާރިޗް 17 އިން 26 ހަށެވެ.
ސެކިއުރިޓީ ސަބު ކޮމެޓީގެ ބައްދަލުވުމަށްފަހު ބަންގަލަދޭޝްގެ ހޯމް މިނިސްޓަރ އަސަދުއްޒަމާން ޚާން ނޫސްވެރިންނަށް މި ޕްރޮގްރާމުގެ މައުލޫމާތު ތައް ހިއްސާ ކުރެއްވިއެވެ.
ބަންގް ބަދޫގެ ނަމުން މައްޝޫރު ބަންގުލަދޭޝްގެ ފުރަތަމަ ރައީސް ޝައިޚު މުޖީބުއްރަޙުމާން ( ފާދަރ އޮފް ދަ ނޭޝަން) 100 އަހަރު ފުރުމާއި އެ ގައުމުގެ މިނިވަންކަމަށް 50 އަހުރު ފުރުމުގެ ޕްރޮގްރާމުގައި ރައީސް އިބުރާހިމް މުޙައްމަދު ޞާލިހުގެ އިތުރުން މި ސަރަޙައްދުގެ ގައުމު ތަކުގެ ވެރިން ބައިވެރި ވަޑައިގަންނަވައެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ސިރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ، ނޭޕާލް ގެ ރައީސް ބިދިޔާ ދޭވީ ބަންޑާރީ ހިމެނިވަޑައިގަންނަވައެވެ.
ބަނގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ހާމަ ކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ ރައީސްސުލް ޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިހު މި ޕްރޮގްރާމު ތަކުގައި ބައިވެރި ވަޑައިގަތުމުގެ ދަތުރު ހަމަޖެހިފައިވަނީ މާރިޗް 17 އިން 19 އަށެވެ.
ރައީސް ސާލިހު އިއްޔެ ވަނީ ގަތަރަށާއި ބަންގްލަދޭޝަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައެވެ.