އިއްޔެގެ ވަގުތެއްގައި ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓު ފެންސަށް އެރި ޕިކަޕް ޓޯކޮށް މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެެވެ.
އެއަރޕޯޓް ފެންސަށް ޕިކަޕު އެރީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެގެން ގޮހެވެ. ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ޕިކަޕް ދުއްވަން އެވަގުތު އިނީ 18 އަހަރު ނުފުރޭ ކުއްޖެއްކަން އެނގިފައިވާ ކަމަށެވެ. އަދި ޕިކަޕް ޓޯކޮށް މައްސަލަ ތަހުޤީޤު ކުރަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
18 އަހަރު ނުފުރޭ ކުދިން އަތަށް ވެހިކަލް ދުއްވަން ދިނުމަކީ ޤާނޫނީ ކުށެކެވެ.