މެންޗެސްޓަރ ޔުނައިޓެޑާމެދު ހިތްހަމަނުޖެހިގެން އުޅުނު ފޯވާޑް މާކަސް ރަޝްފޯޑް އެކްލަބު ދޫކޮށް އެސްޓަންވިލާއަށް ބަދަލުވުމުގެ ހުރިހާ ކަމެއް ހަމަޖެހިއްޖެއެވެ.
އެސްޓަންވިލާއަށް ރަޝްފޯޑް ބަދަލުވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މި މުއްދަތުގައި، ރަޝްފޯޑަށް ދޭން ޖެހޭ މުސާރައިގެ %70 ދޭނީ އެސްޓަންވިލާއިންނެވެ. އަދި މިއެއްބަސްވުމުގެ ދަށުން 40 ޕައުންޑަށް ރަޝްފޯޑް ގަތުމުގެ ފުރުސަތުވެސް އެސްޓަންވިލާއަށް ލިބިދެއެވެ.
ރަޝްފޯޑަށް ޔުނައިޓެޑުގައި މައްސަލަތައް ދިމާވީ މިފަހުން އެޓީމާ ގުޅުނު ޕޯޗުގަލްގެ ކޯޗް ރުބެން އަމިރޮން ހިތްހަމަޖެހޭ ވަރަށް އޭނާއަށް ޕްރެކްޓިހުގައި މަސައްކަތް ނުކުރެވޭތީއެވެ.
އެސްޓަންވިލާއަކީ މިފަހަރު ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިން އޮޓަމެޓިކް ޖާގައެއް ލިބިފައިވާ ޓީމެކެވެ. އަނެއްކޮޅުން އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށްވެސް އެޓީމުން ދަނީ ވާދަކުރަމުންނެވެ.