ރާއްޖޭގައި ދަނޑުވެރިކަންކުރާ ފަރާތްތައް އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ހަމަ މިފަދައިން ދަނޑުވެރިން ހައްދާ ގަސްގަހާއި މިނޫންވެސް ރަށުގައި ހެދިފައިހުންނަ ރުއްގަހަށް ޖެހޭ އެކިބާވަތުގެ ބަލިތަކާއި ގެއްލުންދޭ ސޫފާސޫފި ވެސް ގިނަވެ އެއްރަށުން އަނެއް ރަށަށް ދަނީ ފެތުރެމުންނެވެ. މިކަމުގެ ނަތީޖާއަކަސް ވެގެން ދަނީ، ދަނޑުވެރިކަމަަް ހޭދަވާ ވަގުތާއި، ކުރަންޖެހޭ ޚަރަދު ބޮޑުވުމެވެ. އަދި ފހަކަށް އައިސް ބައެއްބާވަތުގެ ބަލިތަކާއި ފަނިފަކުސާގެ ސަބަބުން ބައެއް ރަށްރަށުގެ ރުއްގަހަށް ބޮޑެތި ގެއްލުންތައް ލިބުމާއިގުޅިގެން އެ ރަށްރަށުގެ މަލަމަތީގެ ފެހިކަމާއި، ރީތިކަން ގެއްލި ނުސީދާގޮތުގައި ފަތުރުވެރިކަމަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. ތިރީގައި މިވަނީ، މިގޮތުން ގަސްގަހަށް ގެއްލުންދޭ ހުވަނީ ކޮންޓްރޯލްކުރުމަށްޓަކާ ރަށްރަށުގެ ކައުންސިލްތަކުގެ ބެއްލެވުމުގެ ދަށުން ޓޫލްކިޓްގައިވާ މައުލޫމާތްތަކުގެ އަލީގައި ކުރެވިދާނެ މުހިންމު ބައެއް ކަންކަމެވެ.
· ޕެސްޓް ކޮންޓްރޯލްކުރުމާއި ބެހޭގޮތުން ވެސް ހަރަކާތްތެރި ވެވޭފަދަ ގޮތަކަށް ކައުންސިލްގެ ތެރެއިން މުވައްޒަފަކު އައްޔަންކޮށްފައި ހުރުން
· ހޫނު މޫސުން ފެށެން ކައިރިވާއިރަށް ޓޫލްކިޓްގައިވާ މަޢުލޫމާތުތައް ޢާންމުންނަށް ޚާއްޞަކޮށް ހުވަނީގެ އުނދަގޫ ބޮޑަށް ފޯރާނެކަމަށް ބެލެވޭ ފަރާތްތަކަށް ފޯރުކޮށްދީ ހުވަންޏާއިމެދު ހޭލުންތެރި ކުރުވުން.
· އާންމުކޮށް ހުވަނި އަޅާ ގަސްގަހާއިގެހި ހުންނަ ގޭބީސީތައް ދެނެގަނެ ކައުންސިލްގައި ރިކޯޑްކުރެވިފައިހުރުން އެފަރާތްތަކަށް ޓޫލްކިޓްގައި ހުންނަ މަޢުލޫމާތު ހިއްސާކުރުން.
· ގަސްގަހަށް ފަރުވާ ދިނުމުގެ ކަންކަން ރާވައި ހިންގުން(ގޯތިތަކުގައި ހުންނަ ގަސްގަހަށް ޖަހަންވާނީ، ނީމްއޮއިލް ފަދަ ރައްކާތެރި ބޭސްބޭހެވެ. ގޯތިތަކަށް ކެމިކަލް ބޭސް ޖެހުމަކީ، ނުރައްކާތެރިކަން ބޮޑު ކަމެކެވެ.)
ހުވަނި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެސުމުގެ ކުރިން މިކަމަށް ތިރީގައި މިވާ ސާމާނު ނުވަތަ ވަސިލަތްތައް ތައްޔާރު ވެފައި ހުރުމަކީ މުހިންމުކަމެކެވެ.
· މި ސޫފި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މިކަމަށް ތިރީގައި މިވާ ސާމާނު ނުވަތަ ވަސީލަތްތައް ތައްޔާރުވެފައި ހުރުމަކީ މުހިންމު ކަމެކެވެ.
· މި ސޫފި ކޮންޓްރޯލް ކުރުމަށްޓަކާ ގަހަށް އަރައިގެން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ މީހުން ތައްޔާރުކުރުން
· 2-5 އެލުމެނިއަމް ދިގު ހަރުގަނޑު
· 2-5 ނެޕްސެކް ޕަވަރަ ސްޕްރެއަރ
· 2-5 ރޮކަރ ސްޕްރަޔެރ
· 10-30 ފުޅި ނީމް އޮއިލް %100 (50 އެމްއެލް)
· 50-100 އަލި ދަންތުރަ(ލައިޓް ޓްރެޕް)
· ގަސްކޮށާ ކަތުރު
· ކޮންމެ އަހަރަކުވެސް ހުވަނީގެ އާބާދީ އިތުރުވާވަރާއި ދަށަށްދާ މިންވަރު ރެކޯޑްކޮށް ބެލެހެއްޓުން
· ހުވަނީގެ ސަބަބުން ރަށުގެ މޭވާ ގަސްތަކަށާއި، އެހެނިހެން ގަސްތަކަށް ލިބޭ ގެއްލުމާއި، ގެއްލުންލިބޭ މީހުންގެ އަދަދު އަދި މިނޫންވެސް މިކަމާ ގުުޅިގެން އިތުރުކުރުމަށް ކައުންސިލަށް ފެންނަ މައުލޫމާތުތައް ވެސް ރެކޯރޑް ކޮށް ބެލެހެއްޓުން