ބޭނުންވާތަކެތި
1 ޖޯޑު ކަސްޓަރޑް
2/1 ޖޯޑު އިސްޕަގުލު
1 ދަޅު ގެރި ކިރު
2/1 ޖޯޑު ހަކުރު
2 ސައި ސަމުސާ ވެނީލާ އެސެންސް
8 ޖޯޑު ހުންނަހާ ފެން
ތައްޔާރުކުރާނެ ގޮތް
އިސްޕަގުލުކޮޅު ފެން ފޮދަކަށް އަޅާފައި ފޯކުރަން ބަހައްޓާށެވެ.ދެން ކަސްޓަރޑް ތެއްޔަކަށް އަޅާފައި ފެން އަޅާލުމަށްފަހު ގިރާފައި ކައްކަން އުދާލާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ފުލުގައި ހިފިޔަ ނުދީ ދޭފަތުން ހަލަމުން ކައްކާށެވެ. ކެކި ރޯފިލުމުން އެސެންސް ގެރިކިރު އަދި ފޯކޮށްފައި ހުރި އިސްޕަގުލު އެއްކޮށްފައި އުނދުން މަތިން ބާލާށެވެ. އެހެން ތެއްޔެއް އުނދުނަށް އުދާލުމަށްފަހު ހަކުރު ކޮޅު ބްރައުން ކޮށްފައި ކަސްޓަރޑާއި އެއްކޮށްލާށެވެ.