މަސްދަޅުކޭސް ބެހުމުގައި، ރައްޔިތުންނަށް ފަސޭހަ ކަމާއެކު ލިބިދިނުމަށް ސަރުކާރުން އަޅާފައިވާ، ފިޔަވަޅުތަކާއެކު، އެ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެ މަސައްކަތް ކުރައްވަމުންގެންދާ ކަމަށް ، ސްޓެލްކޯގެ އެމް.ޑީ. ހުސައިންފަހުމީ، އެފްބީގައި ކުރި ޕޯސްޓެއްގައި ވިދާޅުވެއްޖެއެވެ.
އެ ގޮތުން މަސައްދަޅުކޭސްތައް ބެހުމުގައި ސްޓެލްކޯގެ މުވައްޒަފުން ގެންދަވަނީ، ޕޮލްކޯ ޓަވަރ( ސީބްލޮކްގައި) ގައި ސްޓޭޝަންވެގެން އެމަސައްކަތުގައި ބައިވެރި ވަމުން ކަމުގައެވެ. މިފަދަ ޤައުމީ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ދައްކަމުން ގެންދަވާ ގައުމީ ވަންތަކަމާ މެދު ސްޓެލްކޯ އެމް.ޑީ. ފަހުރުވެރިވާ ކަމަށް ވަނީ އެ ޕޯސްޓުގައި ވިދާޅުވަފައެވެ.