މާޔެމަގުގައި ހުރި ހޮޓަލެއްގެ ތެރޭގައި މިއަދު މެންދުރެއްހައިރު ބިދޭސީންތަކެއްގެ މެދުގައި ހިނގި ނުރައްކާތެރި މާރާމާރީގައި އަނިޔާ ލިބުނު ބިދޭސީއަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަނިޔާ ލިބުނު މީހާގެ އިތުރު ތަފްސީލްތަކެއް ފުލުހުން ނުދެއްވައެވެ. އަދި މާރާމާރީ ހިނގީ ކޮންގައުމަކަށް ނިސްބަތްވާ ބިދޭސީންތަކެއްގެ މެދުގައި ކަމެއްވެސް ފުލުހުން ހާމައެއް ނުކުރައްވައެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.