އއ.ތޮއްޑޫގައި ވާ މަދުކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި އއ.ތޮއްޑޫ ކައުންސިލް ގުޅިގެން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމަކީ ތޮއްޑޫގައި ވާ ގިނަވެ އާންމު ފަރުދުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވުމުގެ ސަބަބުން، ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އަދި މި ޕްރޮގްރާމުގައި، ކޮންމެ ދުވަހަކު ވެސް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެން 6 ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.