އައިޖީއެމްއެޗް ކައިރީގައި ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ރޭ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގެ ރިޕޯޓް ފުލުހަށް ލިބިފައިވަނީ ރޭ 8:40 ހާއިރެވެ.

އަދި އެ މީހަކަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހުން ކަމަށާއި އެ މީހާއަށް ފަރުވާ ދިނުމަށް ވަގުތުން އައިޖީއެމްއެޗަށް ވައްދައި ފަރުވާ ދޭން ފަށާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވީ ފިރިހެނަކަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.