ފ.މަގޫދޫގައި ތަަރައްގީ ކުރަމުން އަންނަ އެއަރޕޯޓުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ.

އެމްޓީސީސީއިން ހާމަކުރެއްވި ގޮތުގައި ރަންވޭގައި އޭބީސީ އެޅުމުގެ 56 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ޓާމިނަލް ބިލްޑިންގ އިމާރާތް ކުރުމުގެ 53 މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ.

މަގޫދޫ އެއަރޕޯޓުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިވަގުތު ފަޔަރބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތްވެސް ގެންދަނީ ކުރަމުން ކަމަށް އެމްޓީސީސީއިން ހާމަކުރައްވައެވެ. މިިގޮތުން މި މަސައްކަތުގެ 24 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކުރައްވައެވެ.