ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅި އަކާ އެކު ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިރޭ ހިންގި އޮޕަރޭޝަނެއްގައި އެ ފުލުސް މީހާ ހައްޔަރުކޮށްފައި ވަނީ މާލެއިން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އަމީނީމަގު އެވިޑް ކޮލެކް ކައިރިންނެވެ. އަދި ހައްޔަރުކުރީ ބޮޑީބިލްޑިންގައި އުޅޭ ފުލުހެއްކަން ވެސް ވަނީ އެނގިފަ އެވެ.
އަދި އޭނާ އަކީ މީގެކުރިން މިނިސްޓަރެއްގެ ބޮޑީގާޑެއްގެ ގޮތުގައި ވެސް އުޅެފައިވާ މީހެކެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.