ވޯލްޓަރ ރީޑް ހޮސްޕިޓަލްގައި ޓްރަމްޕަށް ފަރުވާ ދެވޭނީ ޕްރެޒިޑެންޝަލް ސުއިޓްގައެވެ. މި ހަސްފަތާލުގައި ހިމެނޭ ހަތް ހާސް ސްޓާފުންގެ ތެރޭގައި އެމެރިކާގެ އެންމެ މޮޅު ޑަކްޓަރުން ހިމެނޭނެއެވެ.

ޓްރަމްޕް ހުންނަވާނީ މިތާގެ 88 ބިލްޑިންގތަކުގެ ތެރޭން އެއް ބައިގައެވެ.

ވަރޑް 71އަކީ، ރައީސާއި ވައިޓްހައުސްގެ ސީނިއާ ސްޓާފުންނަށާއި ސިފައިންގެ އެންމެ އިސް މީހުންނަށް ޙާއްސަ ބައެވެ.

ރިއާސީ މަސްއޫލިއްޔަތަށް ތައްޔާރުކޮށްފައި

މިހަސްތަފާލަކީ 2007ގައި ސިފައިންގެ ބަޔަކަށް ފަރުވާ ދިނުމުގައި ފަރުވާ ކުޑަކޮށްގެން ބަޔަކު މަރުވިކަމުގެ ފަޟީހަތުގައި ނަންވި ހަސްފަތާލެއްވެސް މެއެވެ.

ވަރްޑް 71ގެ ވީއައިޕީ ކޮޓަރިއެއް

މިތަން ތައްޔާރުކޮށްފައި ވަނީ ވީއައިޕީއަށް މެހްމާނުންނާ ވެސް ބައްދަލު ކުރެއްވޭ ގޮތަށެވެ.

2007 ގައި ނަގާފއިވާ މި ފޮޓޯއިން ފެންނަ އިންޓީރިއަރއަށް ބަދަލެއް އައިސްފައިވާ ކަމަކަށް ނުބެލެވެއެވެ.

ހަސްފަތާލުގައިިވެސް ޓްރަމްޕަށް މެކް ބަރގަރ ލިބިވަޑައިގަންނަވާނެ ބާވައެވެ؟

ވައިޓްހައުސްއާ ނުވަ މޭލު ދުރުހައި ހުންނަ މި ހޮސްޕިޓަލަށް ޓްރަމްޕް ގެންދެވީ ރިއާސީ ހެލިކޮޕްޓަރުގައެވެ.

ވައިރަސްއާ ހެދި ވައިޓްހައުސްގެ ޕްރެސްރޫމްވެސް އިއްޔެ އޮތީ މުޅިން ހުހަށެވެ.

ޓްރަމްޕް ސިފަކުރެއްވި "ޗައިނާ ވައިރަސް"އަށް އެމެރިކާގެ ވެރިރަށް ހޭލުންތެރިވުމާއެކު ކަންކޮޅުތަކުގައި ޓެސްޓް ކުރާ މޭޒުތައް ވަނީ ބަހައްޓާފައެވެ. ވައިޓްހައުސްގެ ސްޓާފުންވެސް ދަނީ މިތަންނަށް ގޮސްޓް ވައިރަސްއަށް ޓެސްޓް ކުރުވަމުންނެވެ.

ވައިރަސް ފެތުރިގެން ދިއުމާ ގުޅިގެން ވައިޓްހައުސްއަށް ދިޔަ ސުޕްރީމް ކޯޓު ސްޓާފުންވެސް ދަނީ ވައިރަސްއަށް ޓެސްޓް ކުރުވަމުންނެވެ.

ހުނި ޖަހާފައި: ފައްސިވެފައިވާ މީހުން

ޓްރަމްޕްގެ އެންމެފަހު ފޮޓޯގައިވެސް އޭނާ ފެނިފައިވަނީ ނޭވާކޮޅު ކުރުވެވަޑައިގެން ހުންނަވަނިކޮށެވެ.

ބަރުހެލިކަމާއެކު، ވަރުބަލިވެ ވަޑައިގެން

ހޯޕް ހިކްސް ފައްސިވެފައިވާކަން އޭނާއަށާއި ޓްރަމްޕަށްވެސް އެނގިވަޑައިގަންނަވައެވެ. ނަމަވެސް މެރިން1 ހެލިކޮޕްޓަރގައި މާސްކް އަޅައިގެން ހިކްސް އިނީ ޓްރަމްޕާ ވަރަށް ކައިރީގައެވެ.

ހޯޕް ހިކްސް (ވ) ފައްސިވެފައި