މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށާއި، ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ހ. ހަބަރުގެ، މުހައްމަދު ރިޝްވާން އައްޔަން ކުރައްވައިފިއެވެ.

ރިޝްވާން މްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާކަމަށް ހާމަކުރައްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއް ކުރައްވާފައެވެ.

ރިޝްވާނު އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމް މިދިޔަ އާދީއްތަ ދުވަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ.

ރިޝްވާނަކީ މީގެ ކުރިން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯކަން ކުރައްވާފައިވާ ބޭފުޅެކެވެ. ސިފައިންގެއާއި އަދި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާފައެވެ. އެގޮތުން ރިޝްވާން ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންފައި ވަނީ 1995 ވަނަ އަހަރު އެވެ. އަދި އޭގެފަހުން ފުލުހުންގެ ހިދުމަތަށް ބަދަލުވެ ވަޑައިގެންފައިވަނީ 2004 ވަނަ އަހަރުއެވެ.