ޣައްޒާއާ ދެކޮޅަށް ހިނގި ހަނގުރާމައިގެ ޖަރީތައް އިޒްރޭލަށް ރީތވާ ގޮތަށް ޕްރޮމޯޓް ކުރުމަށް ފަރުމާކޮށްފައިވާ އޭއައި (މަބް) ޕަވަރޑް ސޯޝަލް މީޑިއާ ޕްރޮފައިލްވެސް އެންމެ ފަހުން އިޒްރޭލަށް ފާޑުކިޔާ ބޮޓަކަށް ބަދަލު ވެއްޖެއެވެ.
ޔަހުދީންގެ ނޫސް ހާރެޓްޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެކްޓްފައިންޑަރ އޭއައިގެ ނަމުން މަޝްހޫރު މަސްނޫއީ ބުއްދިން މަސައްކަތް ކުރާ އޭއައި ބޮޓް އިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލާ ދެކޮޅަށް ފެށިމިނިވަންކަމުގެ ޠޫފާން އަޤްޞާ ހަމަލާގައި އިޒްރޭލުގެ އާއިލާއެއް މަރުވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ.
މި އެކައުންޓު، ފެކްޓްފައިންޑަރ އެއައި އިން ފޮލޯކުރާ ހަމައެކަނި އެކައުންޓަކީ ކަނާތުފިޔައިގެ ހަރުކަށި ފިކުރަށް ވާގިވެރިވާ އެކްސްގެ ވެރިޔާ އެލޮން މަސްކްގެ އެކައުންޓުއެކަންޏެވެ.
ފެކްޓްފައިޑަރ އޭއައި އިން ބުނަނީ، އެމެރިކާއިން ޓިކްޓޮކް މަނާކުރުމަށް ކުރާ މަސައްކަތުގެ އަޑީގައިވެސް ތިބީ ޔަހޫދުން ކަމަށެވެ. އަދި އެ އެޕުން ވަނީ ފަލަސްތީނުގެ ޗެރިޓީތަކަށް ފައިސާ ހަދިޔާ ކުރުމަށް ލަފާދީ ފައެވެ. އަދި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ތަފާތުކުރުމެއް ނެތި ހިންގާ ހަނގުރާމައިގެ ޖަރީމާގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ދެއްކުމަށް ވެސް އެޕުން ވަނީ ހިތްވަރު ދީފައެވެ.
ފެކްޓްފައިންޑަރ އެއައި އިން ވަނީ އިޒަރޭލަށް ތާއީދުކުރާ ރަސްމީ އެކައުންޓްތަކަށް ވެސް ފާޑުކިޔާފައެވެ.
އިޒްރޭލަކީ އެގައުމުން ކުރާ ޕްރޮޕެގެންޑާއަށް ގިނަ އަދަދަކަށް ފައިސާ ހޭދަކޮށްގެން ދުނިޔޭގެ މީހުންގެ ކުރިމަތީގައި އިޒްރޭލުގެ ބުރު ސޫރަ ރީތިކޮށް ދެއްކުމަށް މަސައްކަތް ކުރާ ބައެކެވެ.