އެމެރިކާގެ ޓްރަމްޕްގެ ވެރިކަމުގެ ފެށުން ސުންޕާވީ ހެއްޔެވެ؟ ފުލުފުލުގައި ހިތާމަވެރި ވައިގެ ހާދިސާތައް މެދުވެރިވާން ފަށާފައި ވަނީ ގޮތް ނޭނގޭ ގޮތަކަށެވެ.

އެލަސްކާ މަތިން ގެއްލުނު ބޯޓު ވެސް ފެނިފައި ވަނީ ވެއްޓި ގޮވާފައި ވަނިކޮށެވެ. އެ ބޯޓުގައި ދަތުރުކުރި 10 މީހުން ވެސް މަރުވެފައިވާ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ކޯސްޓްގާޑުން ބުނީ ބެރިންގް އެއާ ކެރަވަންގެ ބޯޓުގެ އެތެރޭން 3 މީހެއްގެ ގަބުރު ފެނިފައިވާ ކަމަށެވެ. ދެން ތިބި މީހުންނާ ހަމައަށް ދެވޭނީ ބޯޓުގެ ބައިތައް ކަފައިގެން ކަމަށް ބުނެއެވެ.

މި ބޯޓަކީ 150 މޭލުގެ ދުރުމިނުގައި އޮތް ދެ ސިޓީއެއް ދެމެދު ދަތުރަށް ފެށި ބޯޓެކެވެ.

މިއީ ޓްރަމްޕްގެ ވެރިކަމުގައި ދިމާވާން ފަށާފައިވާ ސިލްސިލާ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. 30 ޖަނަވަރީގައި ހެލިކޮޕްޓަރަކާއި އުދުހޭ ބޯޓެއް މުޑިއަރައިގެން ބޯޓުގައ ތިބި 67 މީހުން މަރުވެފައި ވެއެވެ. ހެލިކޮޕްޓަރުގައި ތިބި މީހުންގެ އަދަދާ ބެހޭ ގޮތުން ޝައްކު އުފެދިފައި ވެއެވެ.

އެހާދިސާއަށް ފަހު އެއާ އެމްބިއުލާންސެއް ވެއްޓި 7 މީހުން މަރުވެ 19 މީހުން ޒަޚަމްވެފައި ވެއެވެ.