ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމުގެބައި އިލެކްޝަންގެ 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން އިންތިހާބު ކާމިޔާބު ންޑިޑޭޓުންނަށާއި ވޯޓުލީ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް އެ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައިވަނީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެެމަނިކުފާނު ވަނީ އިއްޔެ ބާއްވަން ކަނޑައެޅި ބައި އިލެކްޝަންގެ ގޮނޑިތައް ޕީއެންސީން ލިބުނުގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން ބައި އިލެކްޝަންގެ 37 ގޮނޑީގެ ތެރެއިން އިންތިހާބަކާ ނުލައި 24 ގޮނޑި އަދި އިންތިހާބުގައި ވާދަކޮށްގެން ކާމިޔާބު ކުރި 9 ގޮނޑިއާއެކު ޕީއެންސީއަށް ޖުމްލަ 33 ގޮނޑި ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވޯ ބައި އިލެކްޝަންގައި އަތޮޅު ކައުންސިލް ރައީސް ކަމުގެ 1 ގޮނޑިއާއި ރަށު ކައުންސިލް ރައީސްކަމުގެ 1 ގޮނޑިއާއި ރަށު ކައުންސިލް މެމްބަރުކަމުގެ 2 ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރައީސް ވަނީ މި އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި، ވޯޓުގައި ބައިވެރިވި ރައްޔިތުންނަށް އެމަނިކުފާނު ޝުކުރުވެސް އަދާކުރައްވާފައެވެ.