ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓުން ވެއްޓި ދިވެހި ޒުވާން ފިރިހެނަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ ވެއްޓިފައި ވަނީ 9 ވަނަ ފްލޯގެ ސީ ބޮލުންނެވެ.
ފުލުހުން ވިދާޅުވީ އެ މީހާ ވެއްޓިފައިވާކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މި މިކަން ތަހްގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަރުވެފައިވާ ޒުވާނާގެ ހަށިގަނޑު ފެންނަ ފޮޓޯ އާއި ވިޑީއޯ ސޯޝިއަލް މީޑިޔާގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.