ތ. ފިނޮޅުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ކޮތަޅު ފެނިއްޖެއެވެ.
ފުލުހުން ބުނީ ފިނޮޅު ކިޔާ އެ ފަޅު ރަށަކަށް ގޮސް އުޅުނު ބަޔަކަށް އެރަށު ގޮނޑުދޮށުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 2 ކޮތަޅު ފެނިފައިވާ ކަމަށެވެ.
އެ ކޮތަޅުތައް ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 09:00 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައުލޫމާތާ ގުޅިގެން ފުލުހުން އެރަށަށް ގޮސް އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.