ގއ.ގެމަނަފުއްޓަކީ ކުށުގެވެށިން ރައްކާތެރިވެފައިވާ ރަށަކަށް ހެދުމަށްޓަކައި އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ފުލުހުން މައުލޫމާތުދީފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު ގެނަމަފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ހިސާބުތަކުން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތުދީފައިވެއެވެ. އެގޮތުން، ރައްކާތެރިކަމާއެކު ސޯޝަލް މީޑިއާ ބޭނުންކުރާނެ ގޮތާއި ވައިބަރ ހެކްކުރުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތަށް އޮޅުން ފިލުވައި އަދި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި މުޖުތަމައުގައި އާންމުކޮށް ހިނގަމުންދާ ކުއްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ. އަދި މައުލޫމާތު އެކުލެވޭ ލީފްލެޓް ދީފައިވެއެވެ.