ޕެސިފިކްގެ ދުރުހިސާބެއްގައި އޮންނަ ޖަޒީރާއެއް ކަމަށްވާ ޔަޕްގައި ފައިސާގެ ގޮތުގައި އަދިވެސް ބޭނުން ކުރަނީ ރާއިގެ ނަމުން މަޝްހޫރު ބޮޑެތި ހިލަތަކެވެ. މިއީ އާންމު ފައިސާއާ ޚިލާފަށް ވަށަ މިނުގައި 12 ފޫޓޫ ހުންނަ ހިލަތަކެކެވެ. މި ފައިސާގެ އަގަކީ އޭގެ ތާރީޚާއި އޭގެ އުފުލުމުގައި ހުރި އުދަގޫ ކަމެވެ.
ގަރުނުތަކެއް ވަންދެން ޔަޕްގެ ރައްޔިތުން ރާއީ ބޭނުން ކުރަމުން އައީ ބިން ގަތުމާއި، ކައިވެނި ކުރުމާއި، އަދި މައްސަލަތަކުގައި ބަދަލު ދިނުމުގެ ގޮތުގައި މުހިންމު މުއާމަލާތްތައް ކުރާށެވެ.
މިއަދު މައިކްރޯނޭޝިއާގެ ރަސްމީ ފައިސާއަކީ އެމެރިކާ ޑޮލަރު ނަމަވެސް، މި ގަދީމީ ހިލަތަކަކީ ޔެޕް ޖަޒީރާގެ ސަގާފީ އަދި އިގްތިސާދީ މަންޒަރުގެ މުހިންމު ބައެކެވެ.
ރާއި ހިލަތަކުގެ އަގު އުފުލެނީ އެތައް ކަމެއްގެ ސަބަބުންނެވެ. އޭގެ ހިލަގަނޑުގެ ސައިޒާއި، އުމުރާއި، ޔަޕް ޖަޒީރާއަށް ގެނައުމަށް ކުރި ނުރައްކާތެރި ދަތުރާއި، ކުރިން އެ ހިލަ ގެންގުޅުނު މީހުންގެ މާޒިއާއި އޭގެ ތާރީކެވެ.
މި ހިލަތަކަކީ އެ ޖަޒީރާއިން ހޯދާފައިވާ ހިލަތަކެއް ނޫނެވެ. ނަމަވެސް އެއީ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައި ހުންނަ އެހެން ޖަޒީރާތަކުން ހޯދައިގެން ގެނަސްފައިވާ ހިލަތަކެކެވެ.
ޔެޕްގެ ދަތުރުވެރިންނާއި ކުޅަދާނަ ފަންނުވެރިން ވަނީ އެމީހުންގެ މޮޅު ގަލު ވަޑާމާއެކު އެތަކެތި ނުރައްކާތެރި ދަތުރުތަކުގައި ބޮއްކުރާގައި ޔެޕަށް ގެނަސްފައެވެ. އެފަދަ ދަތުރުތައް ނުރައްކާވީ މިންވަރަށް އެ ހިލައިގެ އަގު އުފުލެއެވެ.
ޔަޕްގެ ހިލަ ފައިސާގެ އެންމެ އާދަޔާ ޚިލާފް ކަމަކީ، ގިނަ ރާއީ ތަކަކީ، ދުވަހަކުވެސް އެ އޮންނަ ތަނުން އެހެން ތަންތަނަށް ބަދަލުވާ އެއްޗަކަށް ނުވުމެވެ.
މިލްކުވެރިކަން ދެނެގަންނަނީ ތުންތުން މަތިންނާއި މީހުންގެ ހަނދާނާއި ޖަމާޢަތުގެ އަފްރާދުންގެ އިއްތިފާޤުން ނެވެ. އެހެންވެ، ކޮންމެހެން ހިލަގަނޑު އެހެން ތަނަކަށް އުފުލައިގެން ގެންދިއުމުގެ ބޭނުން ނެތިގެންދެއެވެ.
އަދި ބައެއް ހިލަތައް، ބޮއްކުރާގައި ގެންދިއުމުގެ ތެރޭގައި ކަނޑު ފެތެއެވެ. އެހިލަތައް ވެސް، އެ ހިލަތަކަށް ކަނޑައެޅިފައިވާ އަގު ހިފަހައްޓައި، ޖަޒީރާގެ އިގްތިސާދީ ނިޒާމުގެ ބައެއްގެ ގޮތުގައި ދެމިހުރެ އެވެ. ފައިސާއަށް ބޭނުންކުރާ ކޮންމެ ހިލައެއްގެ މެދުގައި ލޯވަޅެއް އަޅާފައި ހުރެއެވެ.
ޑިޖިޓަލް ޓްރާންސެކްޝަންތަކާއި ކްރިޕްޓޯކަރަންސީތައް ދުނިޔޭގެ ފައިނޭންސްގައި ވެރިކަންކުރާ ޒަމާނެއްގައި، ރާއި ވިޔަފާރި މުއާމަލާތުގައި ބޭނުން ކރުމުގެ ދިގުދެމިގެންދާ ސަގާފަތުން ދައްކައި ދެނީ، ފައިސާގެ އަގު ބިނާވެފައިވަނީ ޖަމާޢަތުގެ އިތުބާރުގެ މައްޗަށް ކަމަށެވެ.
ޔެޕް އިން ޒަމާނީ އިގްތިސާދީ އުސޫލުތައް ގަބޫލުކުރެއެވެ. ނަމަވެސް ޖަޒީރާގެ ތަފާތު ފައިސާގެ ތަރިކައިގެ އަސަރު އެ ޖަޒީރާގެ ހިލަ ފައިސާގެ ފުން ސަގާފީ ބޭނުންތެރިކަމުން ހާމަވެގެންދެއެވެ.
ޔެޕް އަކީ ޕެސިފިކް ކަނޑުގެ ހުޅަނގުގައި އޮންނަ ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޯނީޝިއާގެ ބައެކެވެ. މިއީ މައިކްރޯނީޝިއާ އެކުލެވޭ ހަތަރު ސްޓޭޓުގެ ތެރެއިން އެއް ސްޓޭޓެވެ. ޔަޕް މަޝްހޫރުވެފައިވަނީ މުއްސަނދި ސަގާފަތުންނެވެ. މިއީ، އެމެރިކާގެ އަސްކަރީ މަރުކަޒު ކަމަށްވާ ގުއާމްގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 800 ކިލޯމީޓަރު (500 މޭލު) ދުރުގައި އޮންނަ ޖަޒީރާއެކެވެ.