މީގެ 61 އަހަރު ކުރިން ރޭޕް ކުރަން އުޅުނު މީހެއްގެ ދުލުގައި ދަތްއަޅައި ބުރިކޮށްލި މައްސަލާގައި އަންހެން މީހާއަށް ޖަލު ހުކުމް އިއްވި މައްސަލަ އަލުން ބެލުމަށް ނިންމައިފިއެވެ.
އުމުރުން 78 އަހަރުގެ ޗޮއި މަލް-ޖާ، (ފޮޓޯގައި) އޭނާ ރޭޕް ކުރަން އުޅުނު މީހާގެ ދުލުގައި ދަތް އެޅި މައްސަލައަކީ އަހަރު ތަކެއް ވަންދން ކޮރެއާގެ ކޯޓުތަކުގައި ގެންގުޅެ އޭނާއާ ދެކޮޅަށް އިއްވާފައިވާ ޙުކުމް ބަދަލު ނުކޮށް ހިފަހައްޓާފައިވާ މައްސަލައެކެވެ.
އެންމެ ފަހުން، ދެކުނު ކޮރެއާގެ ސުޕްރީމް ކޯޓަށް އިޙުސާސް ކުރެވުނީ ރޭޕިސްޓްގެ ދޫ ބުރިކޮށްލުމުން ޗޮއި ޖަލަށް ލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އެންގީއެވެ.
ދެކުނު ކޮރެއާ މީހުންނަކީ މީހުންނާ އިންނަން ބޭނުންވާ ބައެއް ނޫނެވެ. ނަމަވެސް އެމީހުންގެ މެދުގައި ޖިންސީ ކުށްތައް ގިނަ ބައެކެވެ.
ދެކުނު ކޮރެއާގެ މިމައސަލައިން ސާބިތުކޮށްދިނީ، ޖިންސީ ޖަރީމާގެ ޝިކާރައަކަށްވާ އަންހެންމީހާއަށް އަދިވެސް ކޮރެއާގައި ރައްކާތެރިކަން ލިބުން އުދަގޫ ކަމެވެ.
މި ހާދިސާއަކީ 1964 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. އޭރު ޗޮއި ގެ އުމުރަކީ، 18 އަހަރެވެ. އޭނާ ރޭޕް ކުރަން އުޅުނު މީހާއަކީ 21 އަހަރުގެ މީހެކެވެ.
ޗޮއި ވަނީ އަމިއްލަ ދިފާއުގައި މިމީހާގެ ދުލުގައި ދަތްއަޅައި 1.5 ސެންޓިމީޓަރުގެ ތަނެއް ބުރިކޮށްލާފައެވެ.
މިކަމަކީ ޗޮއި އަމިއްލަ ދިފާއުގައި ކުރިކަމެއް ކަމަކަށް ކޯޓުން ބަލައެއް ނުގަތެވެ. އަދި އޭނާއަށް 10 މަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
ޗޮއި ވަނީ އުމުރުން 60 އަހަރުގައި ކޮރެއާ ކޮމިއުނިކޭޝަންސް ޔުނިވާސިޓީގައި "ސެކްސް، ލަވް، އެންޑް ސޮސައިޓީ" ގެ ނަމުގައި ހިންގާ ކޯހެއްގައި ބައިވެރިވެ ފައެވެ. އެ ކޯހުގައި އުޅެމުން އޭނާ ވަނީ އޭނާގެ މައްސަލަ ކޮރެއާ ވިމެންސް ހޮޓްލައިންގެ ސަމާލުކަމަށް ގެނަސް އެހީތެރިކަމަށް އެދިފައެވެ.