މިސްރު ފިއްތާލުމަށް ރާވައިގެން ޒަޔަނިސްޓުންނާއި އެމެރިކާއިން ކުރިއަށް ގެންދާ ހިންތާއެއްގެ ތެރޭން މިސްރަށް ފެން ލިބުން ދަތި ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ނިންމައިފިއެވެ.

މިސްރުން ބުނެފައި ވަނީ އިޒްރޭލާއި އިތިއޮޕިއާއާ ދެމެދު މި ހަފްތާގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ މިސްރަށް ފިއްތުމަށް ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ.

އިތިއޯޕިއާއަކީ، ފެނާ ބެހޭ ގުޅުމުގައި އިޒްރޭލުގެ ބައިވެރިއެވެ. އިތިއޯޕިއާއިން އުފެއްދި ރެނައިސެންސް ޑޭމްގެ ލަފާދާރުންނަކީ ޒަޔަނިސްޓުންނެވެ. އަދި ވެރިރަށް އެޑިސް އަބާބާގައި ހުންނަ އިތިއޯޕިއާގެ ފެނާ ބެހެ މިނިސްޓްރީގެ އެންމެ މަތީ ދެ ފަންގިފިލާގައި ތިބޭނީ އިޒްރޭލުން މިކަމަށް ޚާއްސަކޮށް ބައިތިއްބާފައިވާ ތަޖުރިބާކާރުންނާއި ލަފާދާރުންނެވެ.

ޒަޔނިސްޓުންނާއެކު އެޑިސްއަބާބާއިން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން، ކެޕޭސިޓީ ބިލްޑިންގ، މައުލޫމާތު ބަދަލުކުރުން، އަދި ފެނާއި ހަކަތަ ތަރައްޤީކުރުމުގެ ގުޅުން ބަދަހި ކުރުމަށް އެއްބަސްވެފައި ވެއެވެ.

އިތިއޯޕިއާގައި ޒަޔަނިސްޓުން ހަރަކާތްތެރި ވަނީ ރެޑްސީ އޭރިއާއިން މިސްރު ވަށައިލުމުގެ މަގްސަދުގައެވެ.