ނިއުކްލިއާ ހަކަތައިން ދުއްވާ އެމރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ހެރީ އެސް ޓްރޫމަން މިސްރު ކައިރީގައި އާގުބޯޓަކާ މުޑިއަރައިފިއެވެ. އެމެރިކާ ސިފައިން ކަށަވަރު ކޮށްދިން ގޮތުގައި މި ހާދިސާ ހިނގީ އިއްޔެ އެވެ. މިހާދިސގައި މީހަކަށް ގެއްލުމެއް ނުވެއެވެ. އަދި މަނަވަރުގައި ކޫރު އެޅި، އާގުބޯޓަށް ކުޑަކުޑަ ބަނޑިއެއް ލިބިފައި ވެއެވެ.
މި އެކްސިޑެންޓް ހިނގީ މިސްރުގެ ޕޯޓް ސައީދު ކައިރީގައެވެ.